Saturday, October 31
ފުވައްމުލަކަށް އެތެރެކުރި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި

ފުވައްމުލައް ސިޓީއަށް އެތެރެކުރި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން އެ ރަށަށް ގެންދިޔަ ފޮށިގަނޑެއް ބަލައި ފާސްކޮށް ފުލުހުން ވަނީ އެ ފޮށިގަނޑުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަތުލައިގެންފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 40 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހެނދުނު 10:45 ހާއިރުއެވެ.

ފުލުހުން މިރޭ ބުނީ އަންހެން މީހާއަށް ތުހުމަތުކުރެވުނު ކަންކަމާ ގުޅުން ނެތްކަން ޔަގީންކުރެވިފައިވާތީ އޭނާ މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު