Saturday, October 31
ބްރޯޑްކާސްޓިންއަކީ އަމާނާތެއް، އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމު- މެޑަމް ސާޖިދާ

ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދިޔަ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ ބްރޯޑްކާސްޓިން ޚިދުމަތަކީ ވަރަށް ފުރިހަމަ ޚިދުމަތެއްކަމަށާއި، އެއީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ޚިދުމަތެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަޚްލާގު އުނގަންނައިދީ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމަށާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ހިދުމަތަކީ ރަށްރަށް ގުޅުވައިދިން އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު އެފަދަ މަންސަތަކަށްވެސް ރޭޑިއޯ އަދި ޓީވީގެ ދައުރު އަދާނުކުރެވޭ ކަމަށެވެ.

އެހެންކަމުން، މި ދެ ޚިދުމަތަކީ ކުރީ ޒަމާނާއި މި ޒަމާނުގެވެސް އެއްޗެއްކަމަށާއި އެ ދާއިރާގެ މުހިންމުކަން އެނގޭ ޖީލެއް ބިނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ކޮންމެ އުމުރުފުރައަކުން ތިން ވަނަ ހޮވި ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތަކީ 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު