Saturday, October 31
މިރޭ ހަވާ އެރުވުން ކެންސަލް

ހުޅުމާލޭ ފޭސް 2 ގައި މިރޭ އަރުވަން އޮތް ހަވާ ކެންސަލްކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިރޭ އަރުވަން ހަމަޖެހިފައި އޮތް ހަވާއެރުވުން ކެންސަލްކުރީ މޫސުން ތަންނުދޭތީ ކަމަށެވެ.

ހުޅުމާލޭ ފޭސް 2 ގައި މިރޭ ހަވާއަރުވަން ޝެޑިއުލްކުރީ 09:30 ހާއިރަށެވެ. އެމްއެންޑީއެފްއިން ކުރިން ބުނެފައިވަނީ ފަސް ވަރަކަށް މިނެޓަށް ހަވާ އަރުވަން އޮތީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ގޮތުގައެވެ.

ހަވާ އެރުވުމަކީ އެމްއެންޑީއެފްގެ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރީގެ އުސޫލުން ދެމުންގެންދާ ހިދުމަތެކެވެ.

ސިޔާސީ ބައެއް ހަރަކާތްތަކާއި، ކައިވެނި ހަފްލާތަކާއި އެނޫންވެސް ބައެއް ހަރަކާތްތަކުގައި ހަވާ އެރުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު