Saturday, October 31
މާލޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ 2025 ޖަނަވަރީ 23 ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކުރެވިފައި ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް މިތަނުގައި އުޅެމުންދިއަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

https://twitter.com/ImmigrationMV/status/1883136046575341727

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

މިގޮތުން މާލޭ އާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި ހިންގި ގިނަ އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު