Saturday, October 31
ބައި ޓަނެއްހައި ޑްރަގް އެތެރެކުރަން އުޅުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއަށް ބައި ޓަނެއްހާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ މަސްބޯޓުގެ ފަޅުވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލާަގައި ހައްޔަރުކޮށްފައިވަނީ ލަންކާއަށް ނިސްބަތްވާ 5 މީހުންނެވެ.

ހައްޔަރުކޮށްފައިވަނީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)، ޗަމޮދް ދިވަންގާ ދިލަކާވަ (22އ)، ލޮރެންސު ހޭވާގީ ސަރަތު (56އ) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37އ) އެވެ.

މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ މަކުނުދޫ ބޭރުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަށެންޕުތަ" އިން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލާގައި މި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ހާޒިރުކުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން އޭރު އެ ކޯޓުން އަމުރުކުރީ 30 ދުވަހަށް އެ މީހުން ބަންދުކުރުމަށެވެ.

އެ މުއްދަތު ހަމަވުމާއެކު ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރަމުން އައިސް، އެ ކޯޓުން އިއްޔެ ވަނީ އިތުރު 30 ދުވަހަށް އެ މީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މަސްބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު