Saturday, October 31
ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގަކުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޖަނަވަރީ 15 ވަނަ ދުވަހުގެ 08:17 ހާއިރު ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު މީހުން ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލާފައިވާ މައްސަލަ ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަކީ މާލެ، ހ. ރޯޒެންޑޭލް، ޞަފްވާން ޒުފްރަތު (29އ) އާއި ށ. ފޭދޫ، އުދަރެސް، ޢަލީ ނާޝީދު (34އ) އެވެ.

ޞަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 20 ވަނަ ދުވަހުގެ 21:19 ހާއިރު ކަމަށާއި، ޢަލީ ނާޝިދު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 21 ވަނަ ދުވަހުގެ 01:09 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު