Saturday, October 31
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ އިންޓެލިޖަންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލާ ފާސްކޮށް، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ 40 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި، މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި މައްސަލައާއި ގުޅިގެން، މިއަދު 10:45 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު