Saturday, October 31
މާފުށީގައިވެސް ފެން ބޮޑުވެ ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރި ވަނީ

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ކ. މާފުއްޓަށް ކުރި ވިއްސާރައިގައި މާފުށީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެންހިންދުމުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ.މާފުށީގައި ފެން ބޮޑުވެގެން، ފެން ހިންދުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މާލޭގެ ބައެއް ސަރަހައްދު ތަކުގައިވެސް ފެންބޮޑުވެ ފެންގަނޑު ހިންދަން ސިފައިން ވަނީ ނުކުމެފައެވެ.

https://twitter.com/MNDF_Official/status/1883108431353315447

މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް މިރޭ 9 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު