Saturday, October 31
ހޯރަފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކަނޑުމަގުން ހޯރަފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި، ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން، މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހޯރަފުށީ މަގުމަތިން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 46 ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު