އުމްރާއަށް ގެންދިއުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ ބަޔަކު އަތުން ފައިސާ ހޯދި މައްސަލައެއްގައި ދައުވާކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 2024 ވަނަ އަހަރު އުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑް އިން 27 މީހުންގެ އަތުން 500,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ނަގައި، މަކަރާއި ހީލަތް ހަދައި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީފިނި ޢަލީ ފާރިޝްގެ މައްޗަށް ދައުވާ ކުރުމަށް އެދިފައިވާނެ ކަމަށެވެ.
މީގެއިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި، ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި، ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ދީނައްފުރައްސާރަކޮށް ޖެއްސުންކުރާމީހުން ގެންގޮސްކުޑަގޮޅިއަށްލާ
މި ލިޔުން ކިޔާލުމުން