Saturday, October 31
މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވާން ފަށައިިފި

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވާން ފަށައިިފިއެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ފެން ހިންދުމުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އެގޮތުން ވެސްޓް ޕާކު ސަރަހައްދާއި، ރަސްފަންނު ސަރަހައްދުގައި ސިފައިން ދަނީ ފެން ހިންދުމުގައި ހަރަކާތްތެރިވަމުންނެވެ.

https://x.com/MNDF_Official/status/1883089043770224902?t=WJta3MdCjMjXZEmuHYbKfw&s=19

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

އެގޮތުން ވިއްސާރަކުރާނެ ކަމަށް ލަފާކޮށް އެކި ސަރަހައްދުތަކަށް މޫސުމީ ސަމާލު ނެރެމުންދާއިރު، ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް
ނ. އަތޮޅުން ފެށިގެން، ފ .އަތޮޅަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ.

އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:00 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު