Saturday, October 31
މަކުނުދޫ ކައުންސިލް ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

އަންނަ ފެބްރުއަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެ މައުލޫމާތު އާންމުކޮށްފިއެވެ.

އަންނަ ފެބްރުއަރީ 08 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާ ގޮތަށް ހަމަޖައްސައި، މަކުނުދޫ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އީސީއިން ހުޅުވައިލުމުން ކުރިމަތިލީ ޖުމްލަ ދެ ބޭފުޅުންނެވެ.

ެއެއީ އަމިއްލަ ގޮތުން ކުރިމަތިލި ކަރާދުނބުރިއާގެ / މާލެ އިބްރާހީމް މުޙައްމަދާއި ޕީއެންސީގެ ފަރާތުން ކުރިމަތިލި މަކުނުދޫ، ހުދުވިލާ، ނަޛްރާނާ ޢަލީއެވެ.

ނަމަވެސް މި އިންތިޚާބަށް ކުރިމަތިލުމަށް އިބްރާހީމް މުޙައްމަދު އީސީއަށް ފޯމު ހުށަހެޅުމުން، "ކެނޑިޑެންސީ ގަބޫލުނުކުރާކަމުގެ ލިޔުން" ފޮނުވައި، އީސީއިން ބުނީ އޭނާ ހުށަހެޅި ފޯމާއެކު އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިނުވާތީ ފޯމު ބަލައިގަނެވެން ނެތް ކަމަށެވެ.

އެހެންވެ އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އިބްރާހިމްގެ ކެނޑިޑެންސީ ގަބޫލުނުކުރުމަށް އީސީއިން ނިންމާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށްކަން ބުރަވެވެން ނެތް ކަމަށެވެ. އަދި އިބްރާހިމްގެ ކެނޑިޑެންސީ ބަލައިގަންނަންޖެހޭ ކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން އަމަލުކުރުމަށް އީސީގެ މައްޗަށް އަމުރުކުރިއެވެ.

އެގޮތުން އީސީއިން އިބްރާހިމްގެ ކެންޑިޑެންސީ ބަލައިގަތުމަށްފަހު މިހާރު ވަނީ މި އިންތިޚާބަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފައެވެ.

އީސީއިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ކެންޑިޑޭޓް ނަންބަރު 1 އަކީ އިބްރާހިމެވެ. ނަޛްރާނާއަކީ ކެންޑިޑޭޓް ނަންބަރު 2 އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު