Saturday, October 31
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން، ފ .އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މިއަދު 15:00 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.

އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން މިހާރު ދަނީ ފެން ހިންދުމުގައި ހަރަކާތްތެރިވަމުންނެވެ.

ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުން މޫސުން ރަނގަޅުވާނީ އަންނަ ބުދަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު