Saturday, October 31
އޭޕްރީލްގެ ނިޔަލަށް ނިލަންދޫގެ ބިން ހިއްކައި ނިމޭނެ: އެމްޓީސީސީ

އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ފ. ނިލަންދޫގެ ބިން ހިއްކައި ނިމޭނެކަމުގެ ޔަގީންކަން އެމްޓީސީސީއިން ދީފިއެވެ.

ނިލަންދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 390 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެ ކުންފުނިން ބުނީ ކޮންޓްރެކްޓް ކޮށްފައިވާ މުއްދަތާ އެއްގޮތަށް އަންނަ އޭޕްރީލްގެ ނިޔަލަށް މަސައްކަތްތައް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން، 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުން ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް %24 މަސައްކަތް ވަނީ ނިމިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު