Saturday, October 31
ދެ ފިރިހެނަކުވެގެން އަންހެނަކާ ދިމާކޮށް ގަދަކަމުން ފޯނު އަތުލަން އުޅުނު މައްސަލައެއް ބަލަނީ

ދެ ފިރިހެނަކުވެގެން އަންހެނަކާ ދިމާކޮށް ގަދަކަމުން ފޯނު އަތުލަން އުޅުނު މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.

ފުލުހުން ބުނީ ލ.ގަމުން ލ.ފޮނަދުއަށް ސައިކަލެއްގައި ދުއްވާފައި ދިޔަ ދިވެހި އަންހެނަކާއި، ދިވެހި ދެ ފިރިހެނަކު ދިމާކޮށް ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް ހެލްމެޓް ނަގައި ވަލުތެރެއަށް އެއްލާލައިފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ މި މަހުގެ 6 ވަނަ ދުވަހު އިރުއޮއްސި 18:34 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު