Saturday, October 31
ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ގާއިމުކުރުމަށް ސޮއިކޮށްފި

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ގާއިމުކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ފުވައްމުލައް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ބީސީސީގައި މިއަދު ބޭއްވި ރަަސްމިއްޔާތެއްގައެވެ.

ބީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުޙައްމަދެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤެވެ.

ކްރިއޭޓަރ ހަބް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ.

ބީސީސީއިން މިހާރު ވަނީ މާލޭގައި ގާއިމުކުރާ ކްރިއޭޓަރ ހަބްގެ މައި އިމާރަތް، އިމާރަތްކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

މާލޭގައި ގާއިމުކުރާ ކްރިއޭޓަރ ހަބްގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކްރިއޭޓަރ ހަބްތައް ގާއިމުކުރުމުގެ މަގުސަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ފަންނުވެރިންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު