Tuesday, November 17
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކޮށް މަޖީދީ މަގު ހުޅުވައިފި
ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދު ސާފުކޮށް، މަޖީދީ މަގު އަލުން ހުޅުވައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ކެލާގޭގެ ތަޅާލަންޖެހޭ ބައިތައް ތަޅާއި، ކުނިތައް ނަގައި އެތަން ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ވަޒީރު ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ 12:00 ގައި މަޖީދީ މަގު އަޅުން ހުޅުވާލެވޭވަރު ވާނެ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ސާފުކުރުމުގެ މަސައްކަތްކުރީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިންނެވެ. އެތަން ސާފުކުރުމުގެ މަސައްކަތުގައި އެ ވުޒާރާގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފް ވަނީ މުވައްޒަފުންނަށް ޝުކުރުވެސް ދަންނަވައިފައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ބުރާސްފަތި ދުވަހުގެ ފަތިހު 04:20 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ އެ ދުވަހުގެ 05:27 ހާއިރު ކަމަށާއި އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު