Saturday, October 31
ހުޅުމާލޭ ފޭސް 2 ގައި މިރޭ ހަވާ އަރުވަނީ
ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މިގޮތުން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓާ ދިމާ ބޭރުން ކަމަށާއި، ހަވާ އަރުވާނީ މިރޭ 21:30 ގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތް ފަސް މިނެޓެއް ހާއިރު ވަންދެން ކުރިއަށްދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ހަވާ އެރުވުމަކީ އެމްއެންޑީއެފްގެ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރީގެ އުޞޫލުން ދެމުންގެންދާ ޚިދުމަތެކެވެ. ސިޔާސީ ބައެއް ހަރަކާތްތަކާއި، ކައިވެނި ޙަފްލާތަކާއި އެނޫންވެސް ބައެއް ހަރަކާތްތަކުގައި ހަވާ އެރުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ހަވާ އަރުވާ ވަގުތުތަކުގައި ގިނަ އަދަދެއްގެ މީހުން މަންޒަރު ބަލާލައި، ފޮޓޯއާއި ވީޑިއޯ ނެގުމަށް އެ ސަރަހައްދަކަށް ޖަމާވެއެވެ. މިއީ ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން ވަރަށް ޝައުޤުވެރިވާ ހަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު