Friday, November 20
ހުޅުމާލޭ އެޕާޓްމަންޓަކުން ވަގަށް ނެގި 2،000 ޑޮލަރުގެ ތަކެތި ހޯދައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓަކުން ވަގަށް ނެގި އަގުހުރި ގިނަ އަދަދެއްގެ ތަކެތި ހޯދައި، އެތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިގޮތުން ޖަނަވަރީ 22 ވަނަ ދުވަހުގެ ހެނދުނު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހޯދައި ސުވާލުކޮށް، ވަގަށް ނެގި ތަކެތި ވަނީ ހޯދައިފައެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ވަގަށް ނެގި ތަކެތީގެ ތެރޭގައި ސެންޓުފުޅި ތަކަކާއި އަންނައުނާއި ބޫޓު އަދި އަވިއައިނު ހިމެނެއެވެ. މި ތަކެތީގެ އަގަކީ 2000 ޑޮލަރު ކަމަށް ވެރިފަރާތުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު