Saturday, October 31
އެގްރިކަލްޗަރ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތަކެއް

އެގްރިކަލްޗަރ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތަކެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވާލާ ފުރުޞަތުތަކެއް ކަމަށެވެ.

މިގޮތުން ހަތަރު ބެޗްލަރސް ޑިގްރީގެ ފުރުޞަތާއި އެއް މާސްޓަރސް ޑިގްރީގެ ފުރުޞަތަށް ވަނީ ހުޅުވާލައިފައެވެ.

މީގެ ތެރެއިން ބެޗްލަރސް ޑިގްރީ އަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުމާއެކު، ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

އަދި މާސްޓަރސް ޑިގްރީއަށް ހުށަހަޅާ ފަރާތްތަކަކީ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާން ޖެހޭނެއެވެ.

އެ ވުޒާރާއިން ވަނީ މި ކޯސްތަކަށް އެދޭ ފަރާތްތަކުން 20 ފެބުރުވަރީ 2025 ގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު