Friday, November 20
އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފި

އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ރޭ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިގޮތުން ރޭ 11:40 ހާއިރު އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ގެންދިޔަ މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި ރޭ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަރުވާ ދިނުމަށްފަހު ފަތިހު 4:30 ހާއިރު އޭނާ ދޫކޮށްލާފައިވާ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން - 2025-01-25T10:14:27