ބިދޭސީން ހަމަނުޖެހުން ހިންގާ ތަންތަން ކަމަށް ބެލެވޭ ތަންތަން އިމިގްރޭޝަނުން މޮނިޓަރ ކުރަން ފަށައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
އަދި މިއަދު އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ މި ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
https://twitter.com/ImmigrationMV/status/1882830474655277094
އިމިގްރޭޝަނުން ބުނީ އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.






