Saturday, October 31
މިއަހަރުގެ ހައިރައިޒް ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފި

ކޮންމެ އަހަރަކުވެސް ހައިރައިޒް ކޮމްޕެނީ އިން ބާއްވަމުން ގެންދާ ފުޑް އެންޑް ބެވަރޭޖްގެ މިއަހަރުގެ ޝޯ ފަށައިފިއެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ބާއްވަމުން ގެންދާ މި ޝޯގެ އަށްވަނަ އެޑިޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެމަނިކުފާނު ވަނީ މި ޝޯ ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ކާބޯތަކެތީގެ ބާވަތްތަކުގެ މައުލޫމާތު ހޯއްދަވައިފައެވެ.

40 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ މި ޟޯގައި ރާއްޖޭގެ އެފްއެންބީ ކުންފުނިތަކާއި ރެސްޓޯރަންޓުތަކާއި ކުދިވިޔަފާރިތަކުގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އަދި ތައިލެންޑުގެ ވިޔަފާރިތައް ހިމެނެއެވެ.

މިއަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވާ މި ޝޯ ކުރިއަށްދަނީ ހުޅުމާލޭ ސެންޓުރަލް ޕާކުގައެވެ.

މި ޝޯ އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު