Saturday, October 31
ވާދަވެރިންނަށް އެންމެ އުނދަގޫވަނީ ރައީސް ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން: ޝިޔާމް

ވާދަވެރިންނަށް މިހާރު އެންމެ އުނދަގޫވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ރައީސްގެ ރ. އަތޮޅުގެ ދަތުރުފުޅު ވެސް ވެގެން މިދިޔައީ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން ގެނުވައި، ރައްޔިތުންނަށް މުހިއްމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅަކަށް ކަމަށެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސް ޑރ. މުޢިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

'"ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސް ޑރ. މުޢިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން ވަކިން ޚާއްސަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރިވަގުތުތަކުގެ ސަބަބުން."' މިނިސްޓަރުގެ ޕޯސްޓުގައި ލިޔުއްވައިފައިވެއެވެ.

https://x.com/Shiyamaldives/status/1882806573984305534?t=qiD4Ps_BknpDng8uBVanhA&s=09

ރައީސް ޑރ. މުޢިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އެ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެކި ރަށްތަކަށް އެންމެ ބޭނުން ޖެހިފައިވާ ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކަށާއި ރައްޔިތުންނަށް ދެއްވާފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތައް ފަށްޓަވައިދެއްވައި، ބައެއް ރަށްރަށުގައި ގާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް އިފުތިތާހުކޮށްދެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އެމަނިކުފާނު ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންއިއްބެ - 2025-01-25T07:58:52

    ރައީސަކު ރައްޔިތުންނާ ބައްދަލުކުރެއްވެވީ ހަމައެއްމެރައީސެއްތަ ބަލަގަތާރީޚުނުދަންނަމޮޔައާ ފަޛުރުލްވަތަން އަމީނުންފެށިގެން ވެރިން ރައްޔިތުންނާ އަބަދުވެސް ބައްދަލުކުރައްވައެވެ