Saturday, October 31
ނ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 19:30 އިން ފެށިގެން 23:00 އާއި ދެމެދުގެ ވަގުތަށެވެ.

މެޓުން ބުނެފައިވަނީ މިގަޑިތަކުގައި، މި ސަރަހައްދުތަކަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރާ، އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިދުވަސްކޮޅަކީ މޫސުން ގޯސްވެފައިވާ ދުވަސްކޮޅަކަށް ވާތީ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު