މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައި ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުތައް ފަށައިފި އެވެ.
މި ދަތުރުގެ އުފާ ފާހަގަކުރުމަށްޓަކައި މޯލްޑިވިއަން އިން ވަނީ ޗެކްއިންވި ހުރިހާ ފަސިންޖަރުންނަށް ހާއްސަ ހަދިޔާ ތަކެއް ދީފައެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މި މަހު 6 ވަނަ ދުވަހުގައެވެ. މިއީ ރާއްޖެއިން ބޭރަށް އެ ބޯޓު ކުރާ ދެވަނަ ދަތުރެވެ. އެ ބޯޓުގެ ދަތުރުތައް އެންމެ ފުރަތަމަ ކޮށްފައިވަނީ ޗައިނާގެ ޗެންގްޑޫ އަށެވެ.
https://twitter.com/MaldivianAero/status/1882729620492984669
މި ބޯޓުން ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަން ހަމަޖެހިފައިވެއެވެ. އެއީ ޗެންގްޑޫ އާއި ބެއިޖިންގެ އިތުރުން ޝެންހާއި އެވެ. އެގޮތުން ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.
އަލަށް ގެނައި މި މަތިންދާބޯޓާ އެކީ މޯލްޑިވިއަނުން ވަނީ ޗައިނާއަށް ހާއްސަ ފެއަރތަކެއްވެސް ތައާރަފްކޮށްފައެވެ.
މިގޮތުން ޗެންގްޑޫ އަށް ދެކޮޅު ޓިކެޓު 688 ޑޮލަރަށް ލިބޭއިރު، ބެއިޖިންގ އަށް 788 ޑޮލަރަށް އަދި ޝެންގްހާއީ އަށް 777 ޑޮލަރަށް ލިބެއެވެ.






