Saturday, October 31
އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން، ނ.އަތޮޅަށެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އާ ހަމައަށެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް، އޮފީހުން އިތުރަށް ބުނެފައިވަނީ އުތުރާއި، މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުން، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 3 - 6 ފޫޓުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު