Saturday, October 31
ތިލަމާލެ ބުރިޖު މަޝްރޫއު: ބަންދުކޮށްފައިވާ ކަނޑުއޮޅިތަކުން ދަތުރުނުކުރުމަށް އަންގައިފި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ކުރިއަށްދާ މާލެ-ތިލަފުށި ލިންކްގެ މަސައްކަތް ކުރިއަށްދާތީ ބަންދުކޮށްފައިވާ ކަނޑުއޮޅިތަކުން ދަތުރުނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަންގައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ މާލެއާއި، ތިލަފުށްޓާއި ދެމެދުގައިވާ 3 ޗެނަލްގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މާލެ ތިލަފުށީ ލިންކު މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ސަރަހައްދުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަށްނުވާތީ، މި ކަނޑުއޮޅި ބަންދުކޮށްފައިވާކަން 03 މާރިޗް 2024 ގައި އަންގާފައިވާ ކަމަށެވެ.

މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، މި ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އަންގާ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މާލެ-ތިލަފުށި ލިންކްގެ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ކުރިއަށްދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ މިހާތަނަށް މުޅި މަޝްރޫއުގެ %46.58 މަސައްކަތް ވަނީ ނިމިފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ނިމިފައިވާ %28.7 އާ އަޅައިބަލާއިރު، ފާހަގަކޮށްލެވޭވަރުގެ ކުރިއެރުމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ތަނބުތަކުގެ ޕައިލިންގގެ %80.2 މަސައްކަތް ވަނީ ނިންމައިލައިފައެވެ. އަދި ޕައިލް ކެޕްގެ %68.6 އަދި ޕިއަރ ކޮލަމްސްގެ %62.2 އާއި، ސެގްމެންޓް ޕްރީކާސްޓިންގގެ ‎44.11%‎ މަސައްކަތް ވެސް ވަނީ ނިންމައިލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު