Saturday, October 31
އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ކަމަށް ޝަފީޢު އައްޔަންކޮށްފި

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ހަޔަރ އެޑިއުކޭޝަން މިނިސްްޓްރީގެ ސްޓޭޓް މިިނިސްޓަރު އަޙްމަދު ޝަފީޢު އައްޔަންކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ޝަފީޢު އައްޔަންކުރިކަން އިއުލާނުކޮށް އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

ޝަފީޢުއަކީ ސަރުކާރުގެ އެކި މަގާމުތަކާއި، ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ.

އޭގެތެރޭގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ސަރުކާރުގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުގެ މަގާމު ހިމެނެއެވެ.

މީގެއިތުރުން ޝަފީޢު ވަނީ އައިލެންޑާސް އެޑިއުކޭޝަނުގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފައެވެ.

މި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްްޓްރީގެ ސްޓޭޓް މިިނިސްޓަރުކަމުގެ މަގާމަށް ޝަފީޢު އައްޔަންކުރެއްވީ 22 ނޮވެމްބަރު 2023 ގައެވެ.

އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ކުރިން ހުންނެވީ މުޙައްމަދު މިހާދެވެ. އޭނާ މި މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓުމަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު