Saturday, October 31
ގުދަނެއްގައި އަލިފާން ރޯވި ހާދިސާ ހިނގި ސަރަހައްދު ވަޒީރު އާދަމް ޝަރީފް ބައްލަވާލައްވައިފި
އިއްޔެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ މއ. ސްޕްރިންވިލާ ހުރި ސަރަހައްދަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވަޑައިގެން ޢިމާރާތް ރޫޅުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ. އެ ވުޒާރާއިން ހާމަކުރ ިގޮތުގައި ވަޒީރު ވަނީ އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ޙާލަތު އޮޅުން ފިލުއްވައިފައެވެ. މއ. ސްޕްރިންްވިލާގައި ހުންނަ "ފްރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓްގެ މުވައްޒަފުން ފަށާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މިގޮތުން އިއްޔެ ފެށި މި މަސައްކަތުގެ ތެރެއިން ހާދިސާއާ ގުޅިގެން ރޫޅަންޖެހޭ ތަންތަން ރޫޅައި، ތަޅަންޖެހޭ ތަންތަން ތެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން އިންސާނީ އެހީ ފޯރުކޮށްދެންޖެ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި 14 ދިވެހީންނާއި 19 ބިދޭސީން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެންޑީއެމްއޭ އިން ބުނީ މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސަމުންދާ ކަމަށެވެ. އަދި ބިދޭސީ އެއް ޢާއިލާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާއިރު، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު އިއްޔެ ފަތިހު 04:20 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރު ކަމަށާއި އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު