Saturday, October 31
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަރޝިޕް ފޯމުތަކާ ގުޅިގެން ޕާޓީތަކުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު