Saturday, October 31
ބިދޭސީއެއްގެ އަތުން ފޭރުނު ބަޔަކު ހައްޔަރުކޮށްފި

ތޫނު އެއްޗަކުން ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާ ތަކަށް މިއަދު ފޮނުވި މެސެޖުގައި ބުނީ، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:14 ހާއިރު ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، އައްޒާ، މުބާރިކު މުހައްމަދު (34އ) އާއި ޏ. ފުވައްމުލައް، ދިގުވާނޑު/ ގުރަހާގެ، އަހުމަދު ފަޔާޒް (30އ) އާއި ޏ. ފުވައްމުލައް، ދިގުވާނޑު/ ކައިރުގެ، އަހުމަދު ނަދީފް (36އ) އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މާލެ ރަސްފަންނު ސަރަހައްދުގައި ފޫޓް ޕެޓްރޯލް ކުރުމުގައި އުޅުނު ޕެޓްރޯލް ބީޓަކަށް ބަޔަކު ދުވެފައި ދާތަން ފެނުމުން، ދުވެފައި ދިޔަ މީހުންގެ ފަހަތުން ދިޔަ މީހާ އާއި ބައްދަލުކުރުމުން ކަމަށެވެ.

އެ މީހުން ފޭރިގެންފައިވަނީ 1000 ރުފިޔާ، 10 ޔޫރޯ، 10 ބަންގްލަދޭޝް ޓާކާ، 20 ސްރީލަންކަން ރުފީ، 500 އިންޑިއަން ރުފީ އަދި 2 ސިންގަޕޫރު ޑޮލަރެވެ.

އަދި ހައްޔަރުކުރި މީހުންގެ އަތުން 1000 ދިވެހި ރުފިޔާ އާއި 20 ސްރީލަންކަން ރުޕީ އަދި 2 ސިންގަޕޫރު ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު