Saturday, October 31
ފުލުހުންގެ ތަހުގީގަކަށް ތިނަދޫ ޒުވާނަކު ހޯދަނީ

އައްޑޫ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ތިނަދޫ ޒުވާނަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަމުން ދަނީ ތިނަދޫ ދެނޫން، ނޫރުﷲ ނިޔާޒް ރަޝީދު، 26، ކަމަށެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ގަން ޕޮލިހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އަދި އޭނާ ހާޒިރު ކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ނޫރުﷲ ގަން ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ފުލުހުން އަންގާފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު