މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގައި ޗެންގްޑޫން މާލެ އައި ފަސިންޖަރުންނަށް ހޫނު މަރުޙަބާޢެއް ކިޔައިފިއެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޗެންގްޑޫ ސިޓީއަށް ދަތުރުތައް ފަށާފައިވާއިރު، ޗެންގްޑޫން ރާއްޖެ އައި މޯލްޑިވިއަން ފުރަތަމަ ފްލައިޓު ވަނީ މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފައެވެ. މި ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް މަރުޙަބާ ކިޔުމަށް ޚާއްޞަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވައިފައެވެ.
Unwrapping surprises! 🎁✨Highlighting a special moment from our inaugural Chengdu flight. Gifts waiting on the baggage belts for our passengers. A little gesture to make their arrival even more memorable.#Maldivianaero #China #Maldives #chengdu pic.twitter.com/MN2b5tvSz4
— MaldivianAero (@MaldivianAero) January 23, 2025
މިގޮތުން މި ފްލައިޓުން އައި ފަރާތްތަކަށް ބޮޑުބެރާއި ފިނިފެންމަލާއެކު ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މީގެ އިތުރުން މޯލްޑިވިއަނުން ވަނީ މި ފްލައިޓުން އައި ދަތުރުވެރިންނަށް ޚާއްޞަ ހަދިޔާ ފޮށިތަކެއްވެސް ދީފައެވެ.
މޯލްޑިވިއަނުން އެންމެ ފަހުން ގެނައި އެ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އޭ330-200 ގެ ދަތުރުގެ ޗައިނާގެ ޗެންގްޑޫ އަށް ފަށާފައިވާއިރު، 52 ފަސިންޖަރުންނާއެކު އަންގާރަ ދުވަހުގެ ރޭ ފުރި މި ފްލައިޓު ޗެންގްޑޫ އެއާޕޯޓުގައި ޖެއްސީ އިއްޔެއެވެ. މިކަން ފާހަގަކުރުމަށް މޯލްޑިވިއަނުން ވަނީ ފްލައިޓުގައި ކޭކެއްވެސް ފަޅައިފައެވެ.
އަލަށް ގެނައި މަތިންދާބޯޓާ އެކީ މޯލްޑިވިއަނުން ވަނީ ޗައިނާއަށް ޚާއްޞަ ފެއަރތަކެއްވެސް ތަޢާރަފްކޮށްފައެވެ. މިގޮތުން ޗެންގްޑޫ އަށް ދެކޮޅު ޓިކެޓު 688 ޑޮލަރަށް ލިބޭއިރު، ބެއިޖިންގ އަށް 788 ޑޮލަރަށް އަދި ޝެންގްހާއީ އަށް 777 ޑޮލަރަށް ލިބެއެވެ.
މިކަމާ ބެހޭގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ، ރިޒަރވޭޝަންސް އެންޑް ޓިކެޓިންގ، އާމިނަތު ސަމީހާ ވިދާޅުވީ މިއީ މާކެޓު ރޭޓުތަކަށްވުރެ %30 އާއި %50 އަގުހެޔޮ ފެއަރތަކެއް ކަމަށާއި، ބޭނުންނަމަ އެއް މަންޒިލަށް ގޮސް، އެހެން މަންޒިލަކުން އަނބުރާ އާދެވޭނެ ކަމަށެވެ.
ހަފުތާއަކު ތިން ފަހަރު މޯލްޑިވިއަނުން ޗެންގްޑޫ އަށް ދަތުރުކުރާނެއެވެ. އެއީ ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައި ހުންނަނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކުލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކުލާސް ގޮނޑިއެވެ.
މި ލިޔުން ކިޔާލުމުން