Friday, November 13
އިންނަމާދޫ ފުލުހުންގެ މަރުކަޒާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ފުލުހުންގެ މަރުކަޒާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިގޮތުން އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިންނަމާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ. އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރެވެ.

މީގެ އިތުރުން ރ. އިންނަމާދޫގެ ވޮލީ ކޯޓުވެސް މިއަދު ވަނީ ހުޅުވައިފައެވެ. ވޮލީ ކޯޓު ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ވޮލީ ކޯޓު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އެތަން ބައްލަވާލައްވައިފައެވެ.

އިންނަމާދޫ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ އިންނަމާދޫގެ ފުލުހުންގެ މަރުކަޒާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު