Saturday, October 31
ކަސްޓަމުން ހިފަހައްޓާނީ ޤާނޫނަކުން މަނާކޮށްފައިވާ ތަކެތި އެކަނި

ކަސްޓަމުން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ތަކެތި އެކަނި ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސް އިން މިހެން ބުނީ ދިވެހިރާއްޖެ ގެނައި ރޯލިން ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސް އިން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.

ކަސްޓަމްސުން މިކަމާއި ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ ކަސްޓަމްސަކީ ތަންފީޒީ އިދާރާއެއްކަމަށްވާތީ ކަސްޓަމްސުން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ.

https://twitter.com/CustomsMv/status/1882062879454908422

އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއަރކުރާ މަރުހަލާގައި، ކަސްޓަމްސުން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެމުދަލެއް ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެމުދަލެއް ދޫކުރަމުންގެންދާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު