Saturday, October 31
ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫޢެއް ހިންގަވައިދެއްވާނޭކަމަށް ރައީސް ވިދާޅުވެއްޖެ

ރ. ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫޢެއް ހިންގަވައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި އަހަރަށް ކަނޑައެޅުއްވި ބަޖެޓުގައި އިސްކަންދޭ ތަރުތީބުގައި އެއްވަނައިގައި ބޯހިޔާވަހިކަން ހިމެނުއްވުމުގެ ޙިކުމަތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަކީ، އިޖުތިމާޢީ މައްސަލަތަކުގެވެސް މައިގަނޑު ސަބަބުކަމަށެވެ.

އެހެންކަމުން، ރަސްމާދޫއަށްވެސް ދިމާވެފައިވާ މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ހައުސިން ޔުނިޓު މަޝްރޫޢެއް ކުރިއަށްގެންގޮސްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިހާރު ހުއްޓިފައިހުރި މުހިންމު ކަންކަން ކުރިއަށްގެންދިއުމަށް، މަސައްކަތްތަކެއް ތަރުތީބުކުރައްވާފައިވާ ކަމަށެވެ.

އަދި ރަސްމާދޫގައި ހުއްޓިފައިވާ ފެނުގެ ނިޒާމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރި ފަރާތުން ރަސްމާދޫ ނޫން ރަށްރަށުގައިވެސް މަސައްކަތް ހުރީ ހުއްޓާލާފައި ކަމަށާއި، ނަމަވެސް އަލުން އެ މަސައްކަތްތައް ފަށައި، މަސައްކަތް އެއްކޮށް ނިންމަވައިދެއްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު