Saturday, October 31
ބްރޯޑްކޮމްގެ ރައީސާއަކަށް ޞަފާ ޝަފީޤް އައްޔަން ކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ.

ސަފާ މި މަގާމަށް އިންތިހާބުކޮށްފައި މިވަނީ ކުރިން
ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ މަގާމުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. މިއަދު އޮތް ކޮމިޝަންގެ ބައްދަލުވުމެއްގައި އެ މަގާމަށް ސަފާ އައްޔަން ކުރަން ވޯޓު ނެގިއިރު، އޭނާ އެ މަގާމަށް އިންތިހާބު ކުރައްވާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަފާއަކީ ގައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ސަފާ ބްރޯޑްކޮމްއަަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ މެއި މަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު