Saturday, October 31
ހުޅުދުއްފާރުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވި ބައްދަކުރެއްވުމެއްގައި ހުޅުދުއްފާރުގެ ކައުންސިލަރުންވަނީ ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސް ޑރ. މުޢިއްޒާ ޙިއްޞާކުރައްވައިފައެވެ.

އެގޮތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށަށް ދަނާލެއް ބޭނުންވާ ކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، މަގު ހެދުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، ބަނދަރުގެ ބޭރުތޮށި ބޭނުން ކުރެވޭ ގޮތަށް ހައްދަވައިދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި، އަސާސީ ވަޞީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަ ކުރައްވައި، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކުރުމުގެ މުހިންމުކަމާއި، ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންތައްތައްވެސް ކައުންސިލުން ވަނީ ރައީސާ ޙިއްޞާކުރައްވައިފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސްގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު