Friday, November 13
މާކުރަތާއި އިންނަމާދޫގައި ފުލުސް ޕޯސްޓް ޤާއިމުކުރަނީ
މާޅޮސްމަޑުލު އުތުރުބުރީގެ ދެ ރަށެއްގައި ފުލުސް ޕޯސްޓު ޤާއިމުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ފުލުސް ޕޯސްޓުތައް އެޅުމަށް ހަމަޖެހިފައިވަނީ ރ. މާކުރަތު އަދި ރ. އިންނަމާދޫގައެވެ. މި ދެ ޕޯސްޓް ޢިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ސުޖާޢު އެވެ. ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ރަށްރަށުގައި ފުލުހުންގެ މަރުކަޒުތަކާއި، ފުލުސް ޕޯސްޓުގެ އިތުރުން ފުލުސް ޑެސްކުތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު