ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި އެ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އޭ330-200 ގެ ދަތުރުގެ ޗައިނާގެ ޗެންގްޑޫ އަށް ފަށައިފިއެވެ.
52 ފަސިންޖަރުންނާއެކު ރޭ ފުރި މި ފްލައިޓު ވަނީ މިއަދު ޗެންޖްޑޫ އެއާޕޯޓުގައި ޖައްސައިފައެވެ. މިކަން ފާހަގަކުރުމަށް މޯލްޑިވިއަނުން ވަނީ ފްލައިޓުގައި ކޭކެއްވެސް ފަޅައިފައެވެ.
Touchdown in Chengdu! Our inaugural flight has arrived in China, celebrated with a special cake-cutting ceremony on board. Here's to new beginnings and stronger connections! ✈️🎉#Maldivianaero #China #Chengdu #Maldives #VisitMaldives pic.twitter.com/RFff6fqeN0
— MaldivianAero (@MaldivianAero) January 22, 2025
އަލަށް ގެނައި މަތިންދާބޯޓާ އެކީ މޯލްޑިވިއަނުން ވަނީ ޗައިނާއަށް ޚާއްޞަ ފެއަރތަކެއްވެސް ތަޢާރަފްކޮށްފައެވެ. މިގޮތުން ޗެންގްޑޫ އަށް ދެކޮޅު ޓިކެޓު 688 ޑޮލަރަށް ލިބޭއިރު، ބެއިޖިންގ އަށް 788 ޑޮލަރަށް އަދި ޝެންގްހާއީ އަށް 777 ޑޮލަރަށް ލިބެއެވެ.
މިކަމާ ބެހޭގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ، ރިޒަރވޭޝަންސް އެންޑް ޓިކެޓިންގ، އާމިނަތު ސަމީހާ ވިދާޅުވީ މިއީ މާކެޓު ރޭޓުތަކަށްވުރެ %30 އާއި %50 އަގުހެޔޮ ފެއަރތަކެއް ކަމަށާއި، ބޭނުންނަމަ އެއް މަންޒިލަށް ގޮސް، އެހެން މަންޒިލަކުން އަނބުރާ އާދެވޭނެ ކަމަށެވެ.
ހަފުތާއަކު ތިން ފަހަރު މޯލްޑިވިއަނުން ޗެންގްޑޫ އަށް ދަތުރުކުރާނެއެވެ. އެއީ ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައި ހުންނަނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކުލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކުލާސް ގޮނޑިއެވެ.
މި ލިޔުން ކިޔާލުމުން