Wednesday, November 18
މާލެ ފަޅުތެރެއަށް ދިޔަވެ އަޑިއަށް ދިޔަ ލޯންޗެއް ފެންމަތިކޮށްފި

މާލެ ފަޅުތެރެއަށް ދިޔަވެ އަޑިއަށް ދިޔަ ލޯންޗެއް ފެންމަތިކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މާލޭގެ ދެކުނު ފަރާތު ފަޅުތެރޭ، ވިލާ ގޭހާ ދިމާލު އެއްގަމު ތޮށީގައި އަޅާފައި ވަނިކޮށް ދިޔަވެ އަޑިއަށްދިޔަ ލޯންޗެއް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންގެ އެހީތެރިކަމާ އެކު ފެންމަތިކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ އިއްޔެ 19:47 ހާއިރު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެ ސަރަހައްދަށް ގޮސް ލޯންޗު ފެންމަތިކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ސިފައިން ކުރި މަސައްކަތުން އެ ލޯންޗް ފެންމަތިކުރެވިފައިވަނީ އިއްޔެ 22:00 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު