Saturday, October 31
20 ޑޮކްޓަރުންނާއެކު އޭޑީކޭގެ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމު ފަށައިފި
އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕްގެ ފުރަތަމަ ބުރު މިއަދު ފަށައިފިއެވެ. މިގޮތުން އޭޑީކޭއިން ހާމަކުރި ގޮތުގައި އެ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރނުންގެ ފުރަތަމަ ބެޗު ވަނީ އެއް އަހަރު ދުވަހުގެ ތަމްރީން ޕުރޮގުރާމު މި މަހުގެ ތެރޭގައި ފަށައިފައެވެ. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) އިން ފާސްކޮށްފައިވާ 12 މަހުގެ މި ޕުރޮގުރާމުގައި އެކެޑެމިކް ލެކްޗަރތަކާއި، މަސައްކަތު ބައްދަލުވުންތަކާއި ކްލިނިކަލް ބައިތައްވެސް ހިމަނާފައިވާނެއެވެ. އެ ހޮސްޕިޓަލުން ބުނީ ދުނިޔޭގެ އެކި މެޑިކަލް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން އައި މި 20 ޑޮކްޓަރުން، ހުނަރުވެރި، ޤާބިލް އަދި އޯގާތެރި ޑޮކްޓަރުންތަކަކަށް ހެދުމަށް އެހީތެރިވުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޭޑީކޭގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް މަހަކު 14،500ރ. ދައްކަންޖެހެއެވެ. އެއީ އަހަރަކަށް ކޮންމެ ޑޮކްޓަރަކަށް 174،000ރ. އެވެ. ރާއްޖޭގައި ޑޮކްޓަރުންނަށް ޕްރެކްޓިސްކުރުމުގެ ލައިސަންސް ލިބޭނީ އެމް.ބީ.ބީ.އެސް ހާސިލުކުރުމަށޤފަހު އެއް އަހަރު ދުވަހުގެ އިންޓަރންޝިޕެއް ފުރިހަމަ ކުރުމުންނެވެ. 2018 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗުން އިންޓަރން ޑޮކްޓަރުން ތަމްރީންކުރަމުން އަންނައިރު، އެ ހޮސްޕިޓަލުގައި އިންޓަރންޝިޕް ހެދުމުގެ ޑިމާންޑް ބޮޑުވެ، ޞިއްޙީ ވުޒާރާއިން ވަނީ އޭޑީކޭގައި އިންޓަރންޝިޕް ޕުރޮގުރާމު ފަށައިދިނުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު