Saturday, October 31
ރ. އުނގޫފާރުގައި އައިޑީކާޑު ޕްރިންޓުކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ރ. އުނގޫފާރުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިރޭ ފަށައިފިއެވެ.

މި ދެ ހިދުމަތް އެރަށުގައި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އުނގޫފާރުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، މިރޭ ރ. އުނގޫފާރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޚުކޮށްދެއްވާފައި ކަމަށެވެ.

https://twitter.com/ImmigrationMV/status/1881750342578442429

އިމިގްރޭޝަނުން ބުނީ، މާދަމާއިން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު