އާދިއްތަ, November 1
ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ހ.ދ ނޮޅިވަރަންފަރުގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ބީޗުގައި ފަތުރުވެރިއަކު އިންދާ އޭނާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އިއްޔެ 14:45 ހާއިރު ނޮޅިވަރަންފަރު ފަތުރުވެރިންނަށް ހާއްސަ ބީޗުގައި ފަތުރުވެރިޔާ އިންދާ، އޭނާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ކޯޓު އަމުރެއްގެ ދަށުން ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި މި ފަތުރުވެރިޔާ ނޮޅިވަރަންފަރަށް އައީ ގްރޫޕަކާއި އެކުގައެވެ.

އަންހެން މީހާ އަކީ ސްވިޑިޝް މީހެއްކަމަށާއި، އަދި އެ ފިރިހެންމީހާ އުޅުނީ އޭނާ ރޭޕްކުރަން ކަމަށް އަންހެން މީހާ ބުނި ކަމަށް މައުލޫމާތުލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު