Saturday, October 31
ޑިމޮކްރެޓްސްގެ ރައީސްކަމަށް އިންތި ވާދަ ކުރައްވަނީ

ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިންތި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މިވަގުތު ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުށަހަޅާފައިވާ ކަމަށާއި އެއާއެކު ޕާޓީގެ ތަރުޖަމާނު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އަދި އެކަމުގައި ޑިމޮކްރެޓްސް މެންބަރުންގެ ތާއީދަށް އިންތި ވަނީ އެދިވަޑައިގަނެފައެވެ.

https://twitter.com/Imthiyazfahmy/status/1881611421768929420

ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންފަ އެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ހަމަޖައްސާފައިވަނީ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އެވެ.

މި މަގާމުތަކަށް ވާދަކުރުމަށް އެދޭ އެ ޕާޓީގެ މެމްބަރުންނަށް، މި މަހުގެ 23 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު