އާދިއްތަ, November 1
ރައީސް ރަސްގެތީމު ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.

ރަސްގެތީމު ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަަރައްޤީއަށް ބޭނުން މުހިންމު ކަންކަން ރައީސްއާއި ހިއްސާކުރައްވާފައެވެ.

މިގޮތުން ރަސްގެތީމުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، ރަށުގެ ކަރަންޓު ވިއުގަ މަރާމާތުކޮށްދެއްވުމަށާއި، ފެނާއި ނަރުދަމާގެ ކަނެއްޝަންގެ މައްސަލަ ހައްލު ކޮށްދެއްވުމަށާއި، ރަސްގެތީމު ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމާއިއެކު، އިތުރު ކުލާސް ރޫމް ތަކަކާއެކު، މަލްޓީ ޕާރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށުގައި ކުޑަ ކުދިންގެ ޕާރކެއްގެ މުހިންމުކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު