އާދިއްތަ, November 1
ޚާއްޞަ އެހީއަށް ބޭނުންވާ ހަތަރު ފަރާތަކުން އެމްއޭސީއެލްގެ އިންޓަރންޝިޕް ފުރިހަމަކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާ ގުޅިގެން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިންގި އިންޓަރންޝިޕް ޕުރޮގުރާމު ނިންމާލައިފިއެވެ. މި ޕުރޮގުރާމުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، ޕުރޮގުރާމު ނިންމި ހަތަރު ފަތާރަކަށް ވަނީ ހަނދާނީ ލިޔުން އަރުވައިފައެވެ. އެމްއޭސީއެލް އިން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ޕުރޮގުރާމު ފުރިހަމަކުރެއްވި ހަތަރު ބައިވެރިންނާމެދު ފަޚުރުވެރިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ ކެތްތެރިކަމާއި، ޚިދުމަތްތެރިކަމާއި، ފުރުޞަތު ދީފިނަމަ ކުރިއެރޭނެކަން ދައްކުވައިދީފައި ކަމަށް އެ ޕޯސްޓުގައި ވެއެވެ. ހަ މަސް ދުވަހުގެ މި އިންޓަރންޝިޕް ޕުރޮގުރާމު ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ވަނީ ދާއިމީ ވަޒީފާ ހަމަޖެހިފައެވެ. މި އިންޓަރންޝިޕް ޕުރޮގުރާމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އެމްއޭސީއެލް އާ ދެމެދު 2024 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ފަށާފައިވާ ޕުރޮގުރާމެކެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާޞިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށާއި، މިފަދަ އެހެނިހެން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު