Saturday, October 31
ޑިމޮކްރެޓްސްގެ ރައީސް އަަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު އިއުލާނެއްގައި ބުނީ މި މަގާމުތަކަށް ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް، މިއަދުން ފެށިގެން މި މަހުގެ 23 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސް އިން ބުނީ މި މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.

އަދި އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ޕާޓީގެ މެމްބަރުން، އެކަމަށް އެދި ޕާސްޕޯޓު ސައިޒުގެ ފޮޓޯއަކާއި އަދި އައިޑީ ކާޑުގެ ސާފު ކޮޕީއަކާއެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައި ގަނެފައެވެ.

މިކަމުގެ ސަބަބުން އެ މަގާމުތަށް ހުސްވެ، ވަގުތީ ރައީސަކަށް ހަމަޖައްސާފައިވަނީ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު