އާދިއްތަ, November 1
ފޭދޫ އަވަށު އޮފީހުން ނަމާދު ކުރުމުގެ ޕްރޮގްރާމެއް ހުޅުވާލައިފި

ފޭދޫ އަވަށު އޮފީހާއި ގަން ޕޮލިސް ސާރވިސް ގުޅިގެން ނަމާދު ކުރަން ދަސްކޮށް ދޭން ހާއްސަ ޕްރޮގްރާމެއް ހުޅުވާލައިފިއެވެ.

"ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ގެ ނަމުގައި ހުޅުވާލި މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 7 އަހަރުން މަތީގެ ދެ ޖިންސްގެ ކުދިންނަށެވެ.

އަވަށު އޮފީހުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ "ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ޕްރޮގްރާމްގައި ކުދިން ބައިވެރިކުރަން އެދެމުންދާތީ އާއި ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަވަށު އޮފީހުން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ 7 އަހަރުން މަތީގެ ފިރިހެން ކުދިންނާއި އަންހެން ކުދިން ގޫގުލް ފޯމް ފުރުމަށް ފަހު އަވަހަށް ހުށަހެޅުމަށެވެ.

ބައިވެރި ވުމަށް ބޭނުންވާ ގޫގުލް ފޯމު މި ލިންކުން https://forms.gle/KR6MxhXkin8xdBmb7 ލިބޭނެ ކަމަށް އަވަށު އޮފީހުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު